presidency.gov.mv

އަލްފާޟިލް ޢަބްދުލްފައްތާޙު ޢަބްދުލްޤައްޔޫމް - ޢާންމުޚިދުމަތުގެ އިނާމު - ހިތްވަރު - 2004 - The President's Office

  1. ފުރަތަމަ ޞަފްޙާ
  2. ސަރުކާރު
  3. ދައުލަތުން ދެއްވާ އިނާމުތައް
  4. ޢާންމުޚިދުމަތުގެ އިނާމު - ހިތްވަރު
  5. 2004

މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން

އަލްފާޟިލް ޢަބްދުލްފައްތާޙު ޢަބްދުލްޤައްޔޫމް

ކާނިގަސްދޮށުގެ/ހއ.ކެލާ

               ޢަބްދުލްފައްތާޙަކީ، ފިލްމާއި، ޑްރާމާއާއި، ވީޑިއޯ ލަވައާއި، އިޝްތިހާރު އުފައްދަވައި ޑައިރެކްޓް ކުރެއްވުމުގެ މަސައްކަަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ފިލްމާއި، ޑްރާމާތަކަށް ވާހަކައާއި ސްކްރިޕްޓްވެސް ލިޔުއްވަމުން ގެންދަވާ ބޭފުޅެއްމެއެވެ. މި ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ، މަދްރަސީ ދައުރުގައި، 1990 ވަނަ އަހަރުއެވެ.

               މިގޮތުން، މިހާތަނަށް 5 ފިލްމާއި، 8 ޑްރާމާ އުފައްދަވައި، 114 ލަވަ ޑައިރެކްޓްކޮށްދެއްވާފައިވެއެވެ. 9 ޑްރާމާއަށް ވާހަކައާއި ސްކްރިޕްޓްވެސް ލިޔުއްވައި ދެއްވާފައިވެއެވެ. މީގެއިތުރުން އެކިވައްތަރުގެ 31 އިޝްތިހާރުވެސް، ޢަބްދުލްފައްތާޙު ހައްދަވާފައިވެއެވެ.

               ޢަބްދުލްފައްތާޙު ޑައިރެކްޓް ކުރައްވާފައިވާ ފިލްމުތަކުގެތެރޭގައި "ހިމޭން ދުނިޔެ"، "ރަންމުތް"، "އާނ އަހަރެންވެސް ލޯބިވިން"، "ވެހޭ ވާރޭ ތެރެއިން"، އަދި މިއަހަރު ނުކުތް "އޭނާ" މި ފިލްމު ހިމެނެއެވެ. ޑްރާމާތަކުގެ ތެރޭގައި "އައިޝާ"، "ރޭޝަމް"، "ދޯޕައްޓާ"، "ފަހު ފިޔަވަޅު"، "މާފުކުރާށޭ" މި ޑްރާމާތަކާއި، ދާދިފަހުން ޓީވީ.އިން ދެއްކެވި 52 އެޕިސޯޑުގެ މައްޗަށް އެކުލެވޭ "ތިއޭ މިހިތުގެ ވިންދަކީ" މި ޑްރާމާ ފާހަގަކޮށްލެވެއެވެ.

               ޢަބްދުލްފައްތާޙަށް މިރޮނގުން ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެންމެމޮޅު ޑައިރެކްޓަރުގެ މަގާމު، ތިން އަހަރު ހޯއްދެވުން ފާހަގަކޮށްލެވެއެވެ.